ރާއްޖޭ މީހަކާ އިނދެގެން އުޅުމަށްފަހު ފިރިމީހާ ނިޔާވުމުން އަޅާލާނެ މީހަކުނެތި، ހަށިގަނޑުގެ އެއްފަޅި ޕެރަލައިޒްވެ ހާލުގައި ޖެހިފައިއޮތް އިންޑިއާގެ އަންހެނެއް ކަމަށްވާ ނަބީސީ ބީ، ދައުލަތުގެ ބެލުމުގެ ދަށަށް މިދިޔަ ޑިސެމްބަރު މަހު ގެންގޮސްފައިވާއިރު ނަބީސާ ބީ އާ ހަވާލުވާނެކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ މީޑިއާއިން ބުނާގޮތުން އެގައުމުގެ ސޯޝަލް ޖަސްޓިސް މިނިސްޓަރު އެމްކޭ މުނީރު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރު ރަޖީވް ޝަހާރޭއަށް މިކަމާގުޅޭ ގޮތުން ސިޓީއެއް ފޮނުވާފައެވެ. އަދި ނަބީސާ ބީ އާ ހަވާލުވާން އިންޑިއާ ސަރުކާރުން ތައްޔާރުކަމަށް އެ ސިޓީގައި ބުނެފައިވާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ނަބީސާ ބީގެ އާއިލާގެ ހަތަރު މީހަކު މިހާރު އެނގިފައިވާކަމަށާއި އަދި އެމީހުން ނަބީސާ ބަލަން ތައްޔާރަށް ތިބި ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކަކަށްވެސް ފައިސާގެ ގޮންޖެހުންތައް ހުރީތީ ނަބީސާ ބީ އާއިލާގެ ފަރާތްތަކާ ހަވާލު ކުރާނީތޯ ނޫނީ އިންޑިއާގެ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނީތޯ އަދި ނުނިންމާކަމަށްވެސް އިންޑިއާގެ ސަރުކާރުން ބުނެފައި ވެއެވެ.
ކުޅުދުއްފުށީ ފިރިހެނަކާ ކައިވެނިކޮށްގެން ނަބީސާ ބީ މާލެ އައީ މީގެ 23 އަހަރު ކުރިންނެވެ. ކައިވެންޏަށް ދެ ދަރިން ލިބުނު ނަމަވެސް ހިތާމަވެރި ގޮތަކަށް ދެ ދަރިން ނިޔާވީއެވެ. އެއް ކުއްޖަކު ނިޔާވީ ވިހޭތާ ދެ ދުވަސް ނުވަނީހެވެ. އަނެއް ކުއްޖާ ނިޔާވީ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަނިކޮށެވެ. ކެންސަރު ޖެހިގެންނެވެ. އިތުރު ދަރިއަކަށް ބަލިވެއިން ނަމަވެސް ބައި ގެންދިޔައީއެވެ. ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެއްކޮށް ޕެރަލައިޒް ވިއެވެ. ދިވެހި ދައުލަތުގެ ބެލުމުގެ ދަށަށް ނަބީސާ ބީ ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް