ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި ހާދިސާގައި އަނިޔާވި ކައްޕިގެ ހާލު މިހާރު ރަނގަޅު ކަމަށް، އޭނާއަށް ފަރުވާދެމުން އަންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖިއެމްއެޗް) އިން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ބުނީ، ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މުހައްމަދު މުސްތަފާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިހާރު އޭނާ އޮތީ ވޯޑުގައި ކަމަށެވެ.
މުސްތަފާގެ މޫނު މައްޗަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް މޫނުގެ ސާޖަރީ އެއްވެސް ހަދާފައިވާ ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ.
އެ ހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް ފެނިފައެއް ނުވެއެވެ. ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގެ، އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.
އޭނާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ފުލުހުންނާއި ސިފައިން ކުރަމުންދާއިރު އޭނާ ހޯދުމަށް ސިފައިން ވަނީ ލިބެންހުރި ހުރިހާ ވަސީލަތްތަށް ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއްވެސް ފަށާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް