މި އަހަރުގެ ފުރަތަމަ އިރުކޭތަ މާދަމާ ހިފާނެއެވެ.
މި އިރުކޭތަ އަކީ ޕާޝިއަލް ސޯލާ އެކްލިޕްސް އެއްކަމަށާއި އަދި މިކޭތަ ރާއްޖެ އަށް ނުފެންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް މި އިރުކޭތަ ފެންނާނެ ކަމަށާއި، ޗައިނާއާއި، ދެކޮރިއާ އާއި، ޖަޕާނުގެ އިތުރުން ރަޝިއާ އަދި އުތުރު ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދު ތަކަށްވެސް މިކޭތަ ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި އިރުކޭތަ ފެންނާނީ އިރުއަރާ ގަޑީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން މަދުންނޫނީ ނުފެންނަ ބްލަޑްމޫން އެއް މިމަހުގެ 20 އަދި 21 ވަނަ ދުވަހު ދުނިޔޭގެ ބޮޑު ސަރައްހަދަކަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ބެލެވެއެވެ.
ހަބަރުގެ ސޯރސް: ވަން އޮންލައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް