ޓްރީޓޮޕުން ސޮލަރެލްގެ ކަސްޓަމަރުންނަށް ފައިސާ އާއި ނުލައި ހިދުމަތް ލިބޭގޮތް ހަމަޖައަސައިފި

ޓްރީޓޮޕް ހޮސްޕިޓަލުން ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ކަސްޓަމަރުންނަށް "ކޭޝްލެސް ސާވިސް" ގެ ނަމުގައި ހިދުމަތެއް ތައާރަފު ކޮށްފިއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، އިންޕޭޝަންޓު އަދި...

05 Jan 2019 | 11:37

ޓްރީޓޮޕް ހޮސްޕިޓަލުން ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ކަސްޓަމަރުންނަށް "ކޭޝްލެސް ސާވިސް" ގެ ނަމުގައި ހިދުމަތެއް ތައާރަފު ކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، އިންޕޭޝަންޓު އަދި އައުޓްޕޭޝަންޓް ހިދުމަތްތައް ފަސޭހަ ކުރުމަށާއި އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި '"ކޭޝްލެސް ސާވިސް" ގެ ނަމުގައި ފައިސާދެއްކުމަށް ފަސޭހަ ނިޒާމެއް މިހާރު ވަނީ ގާއިމްކޮށް ނިމިފައެވެ.

"ކޭޝްލެސް ސާވިސް" ގެ ދަށުން ސޮލަރެލް ކަސްޓަމަރުންނަށް ލިބިފައިވާ އިންޝުއަރެންސް ޕެކޭޖު ބޭނުންކޮށްގެން ހޮސްޕިޓަލުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މި ހިދުމަތާއިއެކު ކަސްޓަމަރުންނަށް އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދުތަކަށް ލުއިކަމެއް ލިބިގެންދާނެކަމަށްވެސް ޓްރީޓޮޕުން ވަނީ ހާމަކުރައްވާފައެވެ. އަދި އިންޝުއަރެންސް މެދުވެރިކޮށް ފައިސާ ދެއްކޭނީ ހަމައެކަނި އެމީހަކު ސޮލަރެލް އިން ނަގާފައިވާ ޕެކޭޖުގައި ނަގާފައިވާ އަދަދުކަމަށް ޓްރީޓޮޕުން މައުލޫމާތު ދެއެވެ.

ޓްރީޓޮޕުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް އެ ހޮސްޕިޓަލުން މަސައްކަތް ތަކެއް ކުރަމުން އަންނައިރު، އިތުރު އިންޝުއަރެންސް ކުންފުނި ތަކާއި ގުޅިގެން އާ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް