އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖުގެ މުއްދަތު އިތުރުކޮށް އޮޕަރޭޝަންތަކުގައި މި ދެ ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފިއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މެޑިކަލް އިވޭކުއޭޝަން އޮޕަރޭޝަން ތަކަށާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރުތައް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ. އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރުތައް ބޭނުންކުރަން އިންޑިއާއާއެކު އެކުލަވާލާފައިވާ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު އައު ކުރުމުން ކަމަށެވެ.
އެކަމުގެ މުއްދަތު މިދިޔަ އަހަރު ހަމަވުމުން، ރައީސް ޔާމީންގެ ސަރުކާރުން އެ މުއްދަތު އިތުރުކުރުމަށް ދެކޮޅުހެދިއެވެ. އަދި ހެލިކޮޕްޓަރުތަކާއި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އިންޑިއާއަށް ތިން ފަހަރެއްގެ މަތިން އެންގިއެވެ. ނަމަވެސް ގެންގޮސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް