ޖަލުތަކަށް ތާސްބައި ވެއްދޭނެ: ރައީސް ނަޝީދު

ގަވާއިދުގެ ތެރެއިން ޖަލަށް ތާސްބައި ވެއްދޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު ...

04 Dec 2019 | 07:14

ގަވާއިދުގެ ތެރެއިން ޖަލަށް ތާސްބައި ވެއްދޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު ޖޯކުޖައްސަވައިފިއެވެ.

ރައީސް ޔާމީނަކީ ތާސްބައިން އެކި ކުޅިވަރު ކުޅުއްވުމަށް ވަރަށް ފޯރި ހުންނަ ބޭފުޅެއް ކަމުގައި އިދިކޮޅުން މީގެ ކުރިންވެސް ބުނަމުން ގޮސްފައިވެއެވެ. އަދި ރައީސް ޔާމީން ރަން ތާސްބައެއް ގެންގުޅުނު ކަމަށް ބުނާ ވާހަކައެއްވެސް ސޯޝަލް މީޑިއާގައި މީގެ ކުރިން ފެތުރިފައިވެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ލިބެންޖެހޭ ހައްގު އަދަބު ލިބި ޖަލުގައި އެއްވެސް ފޫހިކަމެއްނެތި ތާސް ކުޅެވޭނެ ގޮތެއް ހަދައިދޭން ޖެހޭ ކަމަށެވެ.

އެ ވާހަކަތަކާއި ގުޅުވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގެއިން ގާތް މީހަކު ނުވަތަ އަނބިދަރިން ވިޔަސް ކަރެކްޝަންސް އަށް ގުޅައިގެން ނުވަތަ ލިޔެގެން ގަވާއިދުގެ ތެރެއިން ޖަލަށް ތާސްބައި ވެއްދިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް