ދައުވާ ކުރަނީ ސިޔާސީ މުސްތަގްބަލު ދުއްވާލަން: ޑރ. ޝަހީމް

ޑރ. އަފްރާޝީމްގެ މައްސަލައިގާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި މަރު ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެކަން އެގޮތަށް ކުރަނީ ސިޔާސީ މުސްތ...

04 Dec 2019 | 06:42

ޑރ. އަފްރާޝީމްގެ މައްސަލައިގާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި މަރު ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެކަން އެގޮތަށް ކުރަނީ ސިޔާސީ މުސްތަގްބަލު ދުއްވާލަން ކަމުގައި ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝަހީމް ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ އޭނާއާ އެއްވެސް ވަރަކަށް ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

"ދައުވާ ކުރަނީ އަޅުގަނޑުގެ މަސައްކަތަށް ހުރަސް އަޅައި، ސިޔާސީ މުސްތަގްބަލް ދުއްވާލަން" ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/Mohamedshaheem1/status/1202109117147602946

ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ޑރ.އަފްރާޝީމް ޢަލީގެ މަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން މަރު ކޮމިޝަނަށް ޝަހީމް ދެއްވާފައިވަނީ ދޮގު ބަޔާނެއްކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް