ސްޓޭޓް މިނިސްޓަރުގެ މަގާމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިނި...

04 Dec 2018 | 13:25

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް، ފުވައްމުލަކު މާދަޑު، ވެށި، ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޙަސަނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގެ، މުޙައްމަދު ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް އައްޑުއޮތޮޅު ހިތަދޫ ރަށްދެބައިގެ، ޑޮކްޓަރ ޢަބްދުﷲ ނަޞީރެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތިން ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް