2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކި ކުރި މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދީފިއެވެ.
ކުރިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޗީފް ސްޕްރިޑެންޓެއްގެ މަގާމުގައި ހުންނަވަނިކޮށެވެ. އޭސީޕީގެ މަގާމާއެކު އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމާވެސް މިއަދު ހަމީދު ވަނީ ހަވާލުވެލައްވާފައެވެ. ވަކި ކުރި އިރުވެސް އެ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔަކީ ހަމީދެވެ.
ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށްފަހު ޕްރޮމޯޝަން ދީފައިމިވަނީ އޭނާ އަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނިކޮށެވެ. އެ ހުކުމުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، ވަޒީފާ އަނބުރާ ދިނުމަށާއި އޭނާ ހުރި މަގާމުގެ މުސާރައާއި އިނާޔަތް ދިނުމަށެވެ.
2012 ވަނަ އަހަރު އޭނާ ވަކިކޮށްފައިވަނީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް