ހައްޔަރުކުރަން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ކަންތައްތައް ކުރަނީ އިންސާފުންތޯ ކަންތައްތައް ކުރާ މީހުން ބަލަންވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ކުށެއް ނެތް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. މިހާރުގެ ސަރުކާރުން ކުރަމުން އަންނަ ކަހަލަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ކުރައްވާފައި ނުވާނެ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ފުރަތަމަ ވެސް މީހުންތަކެއް ހައްޔަރު ކުރީ މޭޑޭގެ މުޒާހަރާއާ ގުޅިގެން 2015 ވަނަ އަހަރު ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮއްވާ މައްސަލަ ތަހުގީގު ކުރުމެއްނެތި ވޯޓު ކަރުދާސްތައް ނައްތައިލުމުން އެކަމުގެ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް