މުފްތީ މެންކުގެ ލޮލުން ކަރުނަ ފާއްދާލާ ހަދީސަކީ މީ

މުފްތީ މެންކަކީ ގިނަ ގުނަ އާޔަތްތަކާއި ހަދީސްތައް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ބޭފުޅާގެ ލޮލުން ކަރުނަ ފާއްދާލާ ހަދީސަކީ ހަމަ ގައިމުވެސް އަސަރުން ފުރިގެންވާ ހަދީސަކަށް ނޫނޫ ނުވާނެއެވެ. " މާތް ﷲ މ...

04 Dec 2017 | 12:12

މުފްތީ މެންކަކީ ގިނަ ގުނަ އާޔަތްތަކާއި ހަދީސްތައް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ބޭފުޅާގެ ލޮލުން ކަރުނަ ފާއްދާލާ ހަދީސަކީ ހަމަ ގައިމުވެސް އަސަރުން ފުރިގެންވާ ހަދީސަކަށް ނޫނޫ ނުވާނެއެވެ.

" މާތް ﷲ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ މާތް ﷲ ޖިބުރާލުގެފާނަށް ވަހީކުރައްވައެވެ. ޔާ ޖިބްރީލް އެވެ. ﷲ އެވެނި މިވެނި މީހެއް ދެކެ ލޯބި ވޮޑިގެންވެއެވެ. އެހެންކަމުން ޖިބްރީލްގެފާނުގެ ވެސް އެ މީހަކުދެކެ ލޯބިވާށެވެ. ދެން ޖިބްރީލުގެ ފާނު އެ މީހަކު ދެކެ ލޯވިވެއެވެ. އަދި ޖިބްރީލްގެފާނު އެހެން ހުރިހާ މަލާއިކަތުންނަށް ވިދާޅުވެއެވެ. އޭ މަލާއިކަތުންނޭވެ. ދުނިޔޭގައި ހުރި އެވެނި މިވެނި މީހަކު ދެކެ ﷲ ލޯބިވޮޑިގެންވެއެވެ. ތިޔަ މަލާއިކަތުންވެސް އެ މީހަކު ލޯބިވާށެވެ. އެހެންކަމުން ހުރިހާ މަލާއިކަތުންވެސް އެ މީހަކު ދެކެ ލޯބިވެއެވެ"

އޭ އަޚާއިއެވެ . އޭ އުޚުތާއެވެ. ﷲގެ ލޯބި ފިޔަވާ ދެން ތިބާ އަށް އިތުރަށް ބޭނުންވަނީ ކޯއްޗެއް ހެއްޔެވެ. އުޑުތަކާއި ބިންތަކުގެ ވެރި ﷲ ލޯތްބާއި ރުއްސެވުން ފިޔަވާ އިތުރަށް ބޭނުންވާނެ އެއްޗެއް ނެތެވެ. ވިސްނާލާށެވެ. ތިބާ ދަރިފުޅު ދެކެ ކިހާ ލޯބިވަން ހެއްޔެވެ. އެ ދަރިފުޅުގެ ރުއިމުގެ އަޑާއި އެކު ތިބާގެ ހިތް ކުދި ކުދި ކޮށްލައެވެ. ވިސްނާލާށެވެ. ﷲ އީ އަޅަމެންދެކެ އެއަށް ވުރެ އެތައް ގުނައެއް ލޯބިވެވޮޑިގެންވާ ރަސްކަލާގެއެވެ.

އެހެނަސް މުފްތީ މެންކް ވިދާޅުވާ ގޮތުގައި ﷲ ތިބާ ދެކެ ލޯބިވެވޮޑިގަތުމަކީ ހުރިހާ ކަމެއް ވުމެއް ނޫނެވެ. އަދި އުފަލާއި އަރާމުގައި އުޅެވުމެއް ނޫނެވެ. މިސާލެއްގެ ގޮތުން މުފްތީ މެންކް ނެންގެވީ މި އުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލުﷲ ( ސައްލަﷲ އަލައިހި ވަސައްލަމް ) އެވެ. އެ ކަލޭގެފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ ދަތިތައް ކުރިމަތިވެވަޑައިގަތެވެ.

އޭ އަޚާއެވެ. އޭ އުޚުތާއެވެ. ﷲ ފުއްސެވުމާއި ރުއްސެވުމާއި ލޯބި ހޯދަން މަސައްކަތްކުރަންވީ ދުވަހަކީ މިއީއެވެ. ސަބަބަކީ މާދާމާ ނުލިބި ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް