އަނެއްކާވެސް މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ޑރ. މަހާތިރު ކުރިމަތިލައްވައިފި

އަންނަ އަހަރުގެ އޯގަސްޓް މަހުގައި މެލޭޝިޔާގެ ބޮޑުވަޒީރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި، އެގައުމުގައި 22 އަހަރު ވެރިކަން ކުރެއްވި ޑރ. މަހާތިރު މުހައްމަދު ކުރިމަތިލައްވާނެކަން ކަށަވަރު ވެއްޖެ އެވެ. މި...

04 Dec 2017 | 07:21

އަންނަ އަހަރުގެ އޯގަސްޓް މަހުގައި މެލޭޝިޔާގެ ބޮޑުވަޒީރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި، އެގައުމުގައި 22 އަހަރު ވެރިކަން ކުރެއްވި ޑރ. މަހާތިރު މުހައްމަދު ކުރިމަތިލައްވާނެކަން ކަށަވަރު ވެއްޖެ އެވެ.

މިކަން ކަށަވަރުވެފައި މިވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން މިކަން އިއުލާނު ކުރުމުންނެވެ. އެ ޕާޓީން ބޮޑުވަޒީރު ކަމުގެ ކެނޑިޑޭޓެއްގެ ގޮތުގައި ޑރ.މަހާތިރު ޕްރޮޕޯޒް ކޮށްފައިވާއިރު ބޮޑުވަޒީރުގެ ނައިބުގެ ގޮތުގައި ޕްރޮޕޯސް ކޮށްފައިވަނީ ޑރ. ވާން އަޒީޒާ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި މިހާރު ހުންނެވީ ނަޖީބް ރައްޒާކް އެވެ. ނަޖީބް ރައްޒާކް މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ އެމަނިކުފާނުގެ ދެވަނަ ދައުރެވެ. ނަޖީބު ރައްޒާކް އަކީ އެގައުމުގެ ހަވަނަ ބޮޑު ވަޒީރެވެ.

ޑރ. މަހާތިރު މުހައްމަދު އެގައުމުގެ ބޮޑުވަޒީރުކަން 22 އަހަރު ކުރައްވާފައި ވެ އެވެ. އެއީ 16 ޖުލައި 1981 އިން 31 އޮކްޓޯބަރު 2003 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް