އުރީދޫއިން ރާއްޖެއަށް ތައާރަފްކުރާ، ބައިނަލްއަގްވާމީ ދުވުމެއް ކަމުގައިވާ "ކަލަރ ރަން" އަންނަ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ކުރިން މި ދުވުން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހަށެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައާއި ގުޅިގެން މި އިވެންޓް ފަސް ކުރި އެވެ.
ޔުނިކްސް ސްޕޯޓްސްއާ އެކު ކުރިއަށްގެންދާ މި އިވެންޓްގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ވެސް އުރީދޫ އިން ވަނީ ދޫކޮށްފައެވެ.
ކަލަރ ރަން އަކީ ދުނިޔޭޣެ އެކި ގައުމުތަކުގައިވެސް މަގްބޫލުކަން ހޯދާފައިވާ ދުވުމެކެވެ. މި ދުވުން އުރީދޫއިން ރާއްޖެއަށް ތައާރަފް ކުރުމާއެކު މި ދުވުމަށް ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ.
އުރީދޫއިން ހާމަކުރާގޮތުގައި އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ
އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވެސް ދުވުން ނިންމިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް