ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމަށްވެސް އައިޑީ ކާޑުގެ ބަދަލުގައި ޕާސްޕޯޓް ކާޑުވެސް ބަލައިގަންނަ ގޮތަށް އާސަންދަ ކުންފުނިން ނިންމައިފި އެވެ.
މި ނިންމުން އެ ކުންފުނިން ނިންމިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން މީޑިއާތަކަށް ފޮނުވާފައިވާ ނޫސް ބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ މުއައްސަސާތަކާއ، ހޮސްޕިޓަލުތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން ނިންމާފައިވުމާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް