ހަޑިވެއްޖެ ނަމަ ސައިބޯނި ނުވަތަ ޑިޓާޖެންޓް ލައިގެން ދޮވެލެވޭ ސްމާޓް ފޯނެއް ޖަޕާނުގެ ކުންފުންޏަކުން އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.
ކޭޑީޑީއައި ނަމަކަށް ކިޔާ އެ ކުންފުނިން ބުނީ މީގެ ކުރިން އެކި ކުންފުނިތަކުން ވޯޓާ ޕްރޫފް ފޯނު ނެރެފައި ވީ ނަމަވެސް ސައިބޯނިލައިގެން ދޮވެވޭ ފޯނެއް އެއްވެސް ކުންފުންޏަކުން ނެރެފައި ނުވާ ކަމަށެވެ. "ޑިންގޯ ރާފްރޭ" ނަމަކަށް ކިޔާ މި ސްމާޓް ފޯނު އަންނަ ހަފްތާގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ޖަޕާނުގެ އެ ކުންފުނިން ހާމަކުރެ އެވެ.
އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި އެ ކުންފުނީގެ ތަރުޖަމާނު ބުނެފައިވަނީ އެ ކުންފުނިން ނެރެން ތައްޔާރުވެފައިވާ ފޯނު ޓެސްޓް ކުރުމަށް ސައިބޯނި ލައިގެން ފޯނެއް 700 ފަހަރު ދޮވެފައި ވާކަމަށާއި ފޯނުގެ ކޮލިޓީއަށް އަދި ކުލައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ތަރުޖަމާނު ހާމަކުރި އެވެ.
އެ ކުންފުނިން ހާމަކުރާ ގޮތުގައި މި ފޯނު ބާޒާރަށް ނެރޭ އިރު ފޯނުގެ އަގަކީ 21،600 ޔެން، ނުވަތަ 175 ޑޮލަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް