ބަނގުރާ ތައްޔާރުކުރާ ގިނަ އަދަދެއްގެ ސާމާނު އައްޑޫން ހޯދައިފި

އައްޑޫ ސިޓީގައި ކުރިއަށްދާ ޚާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރު ކުރާ ގިނަ އަދަދެއްގެ ސާމާނު ފުލުހުން ހޯދައިފި އެވެ. ފުލުހުން ބުނީ ޕޮލިސް އިންޓެލިގެންސާއި އައްޑޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ...

04 Dec 2015 | 14:56

އައްޑޫ ސިޓީގައި ކުރިއަށްދާ ޚާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރު ކުރާ ގިނަ އަދަދެއްގެ ސާމާނު ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިގެންސާއި އައްޑޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގެ ތިން ތަނަކުން ބަނގުރާ ތައްޔާރުކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ހޯދާފައި ވާކަމަށެވެ. މިތަކެތި ހޯދާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހާއި ޑިސެމްބަރ މަހުގެ ދެ ވަނަ ދުވަހު ކަމަށާއި މިތަކެތީގެ ތެރޭގައި ބަނގުރާ ކައްކަން ބޭނުން ކުރާ ގޭސް އުނދުން ބަނގުރާ ރައްކާކުރުމަށް ބޭނުން ކުރާ ރީނދޫ ހަންފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށާއި ކޮންމެ އަހަރެއްގެވެސް އާއަހަރާއި ދިމާކޮށް ބަނގުރާގެ ގިނަ މައްސަލަތަކެއް ހުށަހެޅޭތީ އެކަން ހުއްޓުވުމަށް ކުރިއަށްދާ މަސައްކަތެއް ކަމަށާއި މި އޮޕަރޭޝަން ނޮވެމްބަރ 30 އިން ފެށިގެން ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް