ތައި ފުޑް އަށް ހާއްސަ ތައިލެންޑްގެ ބްރޭންޑެއް ކަމަށްވާ 'ތައި ޗޮއިސް' އެސްޓީއޯ އިން ރޭ ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި ތައި ޕްރައިމް މިނިސްޓަރ އެވޯޑް ދެ ފަހަރު ހާސިލް ކޮށްފައިވާ މި ބްރޭންޑްގެ ތަފާތު އެކި އުފެއްދުންތައް އެސްޓީއޯ ސްޕަރމާޓް އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓް ތަކުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް މިހާރު ލިބެން ހުންނާނެއެވެ.
ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ބްރޭންޓް އެސްޓިއޯއިން ތައާރަފް ކޮށްފައި މިވަނީ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓަރ ގެ ގޮތުގައި ކަމަށާއި ތައި ސޯސް، ނޫޑްލްސް، ޕޭސްޓް އަދިވެސް ކެއްކުމަށް ބޭނުންވާ ތަފާތު 31 ޕްރޮޑަކްޓެއް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ ސުޕަރމާޓް އިން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް