އެމްޑަބްލިއުއެސްސީއަށް ދިމާވި އަލިފާނުގެ ހާދިސާއާގުޅިގެން ފެނުގެ ހިދުމަތް ކެނޑިފައިވާއިރު އަގުބޮޑުކޮށް ފެން ވިއްކާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން އަގުބޮޑުކޮށް ފެން ވިއްކަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އަދި މި ކަމަކީ ވިޔަފާރީގެ ރޫހާ ހިލާފުކަމެއް ކަމަށްވާތީ މިކަން މިހާރުން މިހާރަށް ހުއްޓާލުމަށް އަންގާ ކަމަށާއި އަގުބޮޑުކޮށް ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް