އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު ފެން ކެނޑިފައިވާއިރު ފެނުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ.
ކުރިން 18 ރުފިޔާއަށް ވިއްކާ 5 ލީޓަރުގެ ފެންފުޅިއެއް ބައެއް ފިހާރަތަކުގައި މިހާރު ވިއްކަމުންދަނީ 28 ރުފިޔާއަށާއި 30 ރުފިޔާއަށެވެ.
މަގުމަތިން ފެންކޭހެއް ހިފައިގެން ދިޔަ ދެ މީހެއްގާތު ފެން ގަތީ ކިހާވަރަކަށްތޯ އަހާލުމުން ބުނީ ކުރިން 50 އަށް ދޭ ކޭހެއް ގަންނަން ލިބުނީ 85 ރުފިޔާއަށް ކަމަށެވެ.
ބައެއް ފިހާރަތަކުގައި ފެން ހުސްވެ ބައެއް ހިސާތަކުގެ ފިހާރަތަކުގެ ކައިރީގައި ކިޔު ހަދާފައިވާއިރު މާލޭގެ ދެ ފިހާރައެއްގައި ފެނުގެ މައްސަލައާ ހަމަނުޖެހުންވެސް ވަނީ ހިންގާފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ އަލުން ފެނުގެ ހިދުމަތް ލިބޭވަރު ވާނެކަމަށް ލަފާކުރަނީ މިރެއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް