"ދަ ވޯކިންގ ޑެޑް"، މި ސީޒަންގެ ފަހު އެޕިސޯޑު 14 މިލިއަން މީހުން ބެލި

މިހާރު ދުނިޔޭގައި އެންމެ މަޝްހޫރު އިނގިރޭސި ޑްރާމާ ސީރީސް "ދަ ވޯކިންގ ޑެޑް" ގެ  ފަސް ވަނަ ސީޒަންގެ ފަހު އެޕިސޯޑު 14 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފި އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިންމާލި ސީޒަ...

04 Dec 2014 | 12:09

މިހާރު ދުނިޔޭގައި އެންމެ މަޝްހޫރު އިނގިރޭސި ޑްރާމާ ސީރީސް "ދަ ވޯކިންގ ޑެޑް" ގެ  ފަސް ވަނަ ސީޒަންގެ ފަހު އެޕިސޯޑު 14 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިންމާލި ސީޒަން ފަހެއްގެ ފަހު އެޕިސޯޑު 14.8 މިލިއަން މީހުން ބަލާފައިވާއިރު އޭގެތެރެއިން 9.6 މިލިއަން މީހުންނަކީ 18އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނެވެ.

"ދަ ވޯކިންގ ޑެޑް" ގެ ސީޒަން ހަތަރެއްގެ ފަހު އެޕިސޯޑު ބަލާފައިވަނީ 12.1 މިލިއަން މީހުންނެވެ. ރިޕޯޓުތައް ބުނާގޮތުން ސީޒަން ފަހެއްގެ ފަހު އެ ޕިސޯޑު ބަލާފައިވާ މީހުންގެ އަދަދަކީ މީގެ ކުރީ ސީޒަންތަކުގެ ފަހު އެޕިސޯޑު ބަލާފައިވާ މީހުންގެ އަދަދާއި އަޅާބަލާއިރު ރެކޯޑު އަދަދެކެވެ.

ވޯކިންގ ޑެޑްގެ ސީޒަން ހަތަރަށް ވުރެ ފަހެއް ބެލި މީހުން 13 އިންސައްތަ އިތުރެވެ. ނަމަވެސް މި ސީޒަންގެ ފުރަތަމަ އެޕިސޯޑާއި އަޅާ ބަލާއިރު ފަހު އެޕިސޯޑު ބެލި މީހުންގެ އިންސައްތަ ވަނީ ދަށްވެފައި އެވެ. ވޯކިންގ ޑެޑްގެ ސީޒަން ފަހެއްގެ ފުރަތަމަ އެޕިސޯޑު 17 މިލިއަން މީހުން ބަލާފައި ވެއެވެ.

މިހާތަނަށް ފަސް ސީޒަން ނެރެފައިވާ "ދަ ވޯކިންގ ޑެޑް" މިފަހަރު ނިންމާލާފައިވަނީ ހަތް އެޕިސޯޑު ގެނެސްދިނުމަށް ފަހު އެވެ. އަދި ސީޒަން ހައެއް ނުކުންނާނެ ދުވަހެއް، އަދި ކުރިޔަށް ގެންދަން ނިންމަފައިވާގޮތެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް