ކުނާލްއާއި ސޯހާގެ ކައިވެނި އަންނަ މަހު

ބޮލީވުޑްގައި އަނެއްކާވެސް ފާހަގަ ކޮށްލެވޭ ކައިވެނި ހަފްލާއެއް އަންނަން ކައިރިވެއްޖެ އެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ކުނާލް ކެންމޫއާއި ސޯހާ އަލީ ހާންގެ ކައިވެނި ކުރުމަށް އެ ދެ ތަރިން މިހާރު ދަނީ ތައް...

04 Dec 2014 | 11:01

ބޮލީވުޑްގައި އަނެއްކާވެސް ފާހަގަ ކޮށްލެވޭ ކައިވެނި ހަފްލާއެއް އަންނަން ކައިރިވެއްޖެ އެވެ.

މަޝްހޫރު ދެ ތަރިން ކަމަށްވާ ކުނާލް ކެންމޫއާއި ސޯހާ އަލީ ހާންގެ ކައިވެނި ކުރުމަށް އެ ދެ ތަރިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ދެ ތަރިން މިދިޔަ ޖުލައި މަހު އެންގޭޖްވެފައި ވާއިރު އަންނަ މަހުގެ 25 ގައި ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ދެތަރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ދެ ތަރިންވެސް މާބޮޑު ހަފްލާއެއް ކައިވެނި ކުރުމުގެ ގޮތުން ބާއްވާކަށް ބޭނުމެއް ނުވެ އެވެ.  ދެ ތަރިން ބޭނުންވަނީ އާއިލާއާއި ރައްޓެހިން ބައިވެރިވާ އާދައިގެ ކައިވެނި ހަފްލާއެއް ބޭއްވުމަށެވެ.

ސޯހާ އަލީ ހާން އަކީ ސައިފް އަލީ ހާންގެ ކޮއްކޮ އެވެ. މި ކައިވެނި ވެގެންދާނީ ދާދި ފަހުން ބޭއްވުނު ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ކައިވެއްޏަށް ފަހު ބޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭނެ އަދި ސަމާލުކަން ލިބިގެންދާނެ ކައިވެންޏަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް