އެމްޑަބްލިއުއެސްސީގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން މުޅި މާލެއިން ފެން ކަނޑާލައިފި

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި މާލެއިން ފެން ކަނޑާލައިފި އެވެ.. އެ ކުންފުނިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަލިފާން ރޯވުމުގެ ސަބަބުން ދިމާވި މައްސަލަ ...

04 Dec 2014 | 10:25

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި މާލެއިން ފެން ކަނޑާލައިފި އެވެ..

އެ ކުންފުނިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަލިފާން ރޯވުމުގެ ސަބަބުން ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަދި މައްސަލަ ހައްލުވިހާ އަވަހަކަށް ފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް، އެ ކުންފުނިން މައާފަށް އެދިފައި ވެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭއިރު  މިހާރު އަލިފާންގަނޑު ވަނީ  ކޮންޓްރޯލް ކުރެވިފައި އެވެ. އަލިފާން ރޯވީ އިމާރާތުގެ ސުވިޗް ގިއަރ ރޫމުގެ ބިމުގެ އަޑިން އަޅާފައި އޮންނަ ޑަކްޓް ތެރޭގައި އޮތް ކޭބަލް ތަކުގައި އެވެ. އެ ހާދިސާގައި ޖަނެރޭޓަރުގައި ރޯވުމުގެ އިތުރަށް ޕެނަލްބޯޑުގައި ވެސް ރޯވެފައިވެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އަލިފާން ރޯވުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް