އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު (ސަންޓްރެވަލް ސިޔާމު)ގެ މައްޗަށް، ދައުލަތުން އުފުލި ބަނގުރާ ގެންގުޅުނު މައްސަލަ ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން މައްސަލައާއި ގުޅިގެން ހުށަހެޅި ލިޔުންތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތުމުން، ބާތިލު އިޖުރާއަތެއްގެ މައްޗަށް ބިނާކުރެވޭ ކަމަކީ ބާތިލުކަމަމެއް ކަމަށް ކަނޑައަޅާފައިވާ މަބުދައުގެ މައްޗަށް ބިނާކޮށް މި މައްސަލަ ސާބިތު ނުވާކަމަށް ހުކުމް ކުރާ ކަމަށެވެ.
ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ސިޔާމުގެ މައްޗަށް ދައުލަތުން އުފުލީ، 2012 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު، ޝިޔާމް ރާއްޖެ ވަޑައިގެންނެވިއިރު އޭނާގެ ބެގޭޖުން "ޖޯނީ ވޯކަރ ބްލެކް ލޭބަލް" ރާފުޅިއެއް ފެނުނު ކަމަށްބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް