މާފުށީ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްފި

ކ. މާފުށީ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފި އެވެ. މި ކަމަށްޓަކައި މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް މާފުށީ ސިއްހީ މަރުކަޒު ...

04 Dec 2014 | 10:10

ކ. މާފުށީ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފި އެވެ.

މި ކަމަށްޓަކައި މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް މާފުށީ ސިއްހީ މަރުކަޒު ބަދަލުކޮށް ހުޅުވައި ދެއްވީ ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގުމާއި ހަވާޅުވެ ހުންނެވި ޑިފެންސް މިނިސްޓާ އަހުމަދު ނާޒިމް އެވެ.

ހެލްތް މިނިސްޓްރީން ބުނީ މާފުށީ ސިއްހީ މަރުކަޒު 24 ގަޑި އިރު ހިދުމަތްދޭ ތަނަކަށް ބަދަލު ކުރީ، އެ ރަށަކީ ގިނަ އަދަދެއްގެ ބަޔަކު ވަޒަންވެރިވެގެން އުޅޭ ރަށަކަށް ވެފައި، ޓޫރިސްޓުންނާއި ޖަލު ހުންނަރަށަކަށްވާތީ ސިއްހީ ދުމަތް މެދު ނުކެނޑި ފޯރުކޮށްދޭން ޖެހޭތީ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ދެ ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އަންނަ މަހު ދެ ލެބޯޓްރީ ޓެކްނީޝަނުން ހަމަޖައްސާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ވަނީ މާފުށީ ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ދްމަތް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި މަރުކަޒަށް ބޭނުންވާ އިކުއިޕްމަންޓްސްއާއި ކޮންސިމަބަލްސް ހޯދުމަށްޓަކައި އެސްޓީއޯއާއި ހަވާލުކޮށްފައި އެވެ. އެ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ނަރުހުންގެ އިތުރުން ލެބޯޓްރީ ޓެކްނީޝަނުން ހަމަޖެހުމުން އެ މަރުކަޒުގެ ލެބޯޓްރީގެ ހިދުމަތް ހެނދުނު އަށަކުން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށް ހެލްތް އިން ބުނެ އެވެ.

މިއަދާއި ހަމައަށް މާފުށީ ސިއްހީ މަރުކަޒުން ހިދުމަތް ދެމުންދިޔައީ އަށް ގަޑިއިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް