މިފްކޯއަށް ލިބެންޖެހޭ މިލިއަނެއްހާ ޑޮލަރު އެހެން އެކައުންޓަކަށް ޖަމާކުރެވިއްޖެ

ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ މަސް ކުންފުނި މިފްކޯ އަށް ލިބެން ޖެހޭ އެއް މިލިޔަން ޑޮލަރު ނުބައި އެކައުންޓަކަށް ޖަމާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ. މިކަން ވަނީ ވަނީ ފުލުހުން ކަށަވަރުކޮށ...

04 Dec 2014 | 09:02

ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ މަސް ކުންފުނި މިފްކޯ އަށް ލިބެން ޖެހޭ އެއް މިލިޔަން ޑޮލަރު ނުބައި އެކައުންޓަކަށް ޖަމާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

މިކަން ވަނީ ވަނީ ފުލުހުން ކަށަވަރުކޮށްދެއްވާފައި އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅީފައިވާ ކަމަށާއި، ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މިފްކޯއިން ރަސްމީކޮށް އެއްޗެއް އަދި މީޑިއާގައި ނުބުނާއިރު  މިކަން ހިނގާފައިވަނީ އެކުންފުނިން މަސްގަތް ތައިލެންޑްގެ ކުންފުންޏަކުން ނުބައި އެކައުންޓަކަށް ފައިސާ ޖަމާކުރުމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ ފައިސާ ޖަމާކޮށްފައިވަނީ މިފްކޯގެ އީމެއިލް އެއް ކަމަށް ބުނެ އެ ކުންފުންޏާއި މުއާމަލާތްކުރި އީމެއިލް އަކުން ފައިސާ ޖަމާކުރަން ބުނި އެކައުންޓަށް ކަމަށެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް މީޑިއާގައި ވިދާޅުވެފައިވަނީ އެކަން ހިނގީ ކުއްޑޫގެ ނަމުގައި އިން އީމެއިލް އެޑްރެސް އާއި ވައްތަރު އީމެއިލް އެޑްރެސް އަކުން އެކުންފުނިން ތައިލެންޑުގެ ބަޔަކާއި މުއާމަލާތްކޮށް ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އެދުމުން ކަމަށެވެ. އަދި ތައިލެންޑް ކުންފުންޏާއި މުއާމަލާތް ކޮށްފައި ވަނީ ނައިޖީރިއާ އިން ކަމަށާއި މިފްކޯ އާއި ކޫއްޑޫގެ އެއްވެސް އިހްމާލެއް އެ މައްސަލާގައި ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މިފްކޯއަށް ތައިލެންޑް ކުންފުނިން ލިބެންޖެހޭ ފައިސާ ނުލިބޭނަމަ އެ ކުންފުންޏަށް ދެން މަސް ނުވިއްކާނެ ކަމަށެވެ.

ނަމަވެސް މިފްކޯގެ ބައެއް އިސް މުވައްޒަފުން ބުނެފައިވަނީ މިފްކޯއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމުގައި ކުންފުނީގެ އެންމެ އިސްވެރިންގެ އިހްމާލް އެބައޮތް ކަމަށެވެ.

ތައިލެންޑް ކުންފުނިން މިފްކޯއަށް ދައްކަންޖެހެނީ 999،000 ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް