ގދ ތިނަދޫގައި ކުރިން ރަށުއޮފީހެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބުރައީސް އިބްރާހިމް އަސްއަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ 12:30 ހާއިރު ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ އިމާރާތުގައި ހިނގި އަލިފާން ނިވާލާފައިވާކަމަށެވެ.
"އެތާންގައި ހުންނާނީ ތަންކޮޅެއް ކުރިން މައްސަލަ ޖެހިގެން އިސްލާމިކް މިނިސްޓްރީން ނައްތާލަން ބުނެފައިހުރި މުޝްހަފްތަކެއް، ގާތްގަނޑަކަށް 2 ހާހެއްހާ މުޝްހަފު އުޅޭނެ، ރަށު ތެރޭން ކޮންމެވެސް މީހަކު އެތަކެތީގަ ރޯކޮށްލީ ކަމަށް ބެލެވެނީ" އަޝްއަދު ވިދާޅުވިއެވެ.
ކައުންސިލްގެ ނައިބުރައީސް އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށާއި ނައްތާލަން ބަހައްޓާފައި ހުރި ބައެއް މުޝްހަފްތައް އަނދާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް