ދުވާލަކު 640 ޑޮލަރު ނެގޭ ޑޮލަރު އޭޓިއެމް ތައާރަފްކޮށްފި

އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގޭ ޑޮލަރު އޭޓީއެމްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ. ބީއެމްއެލްއިން  މިއަދު ތައާރަފްކުރި އެ ހިދުމަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއް...

04 Dec 2014 | 06:10

އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގޭ ޑޮލަރު އޭޓީއެމްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން  މިއަދު ތައާރަފްކުރި އެ ހިދުމަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑުރޫ ހީލީ ވިދާޅުވީ  އޭޓީއެމް މެދުވެރިކޮށް ދުވާލަކު 640 ޑޮލަރު ނެގޭނެ ކަމަށެވެ. އެ އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގޭނީ ބީއެމްއެލްގައި ޑޮލަރު އެކައުންޓު ހުންނަ، ޑެބިޓް ކާޑު ބޭނުން ކުރާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ..

އެންޑްރޫ ވިދާޅުވީ މިއަދު ތައާރަފްކުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ކޮންމެ ގަޑިއެއްގައިވެސް ޑޮލަރު ނެގުމުގެ އިތުރުން ޖަމާ ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ އޭޓީއެމް ބޭނުން ކުރެވޭނީ ހަމަ އެކަނި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކުރާ ފަރާތްތަކަށެވެ.

އަދި އެ ހިދުމަތް ލިބެނީ ހަމައެކަނި ބީއެމްއެލްގެ މެއިން ބްރާންޗުގައި ހުންނަ އޭޓީއެމްއަކުންނެވެ. ނަމަވެސް ކުރިޔަށް އޮތްތާ ތަރުހީބު ރަނގަޅު ނަމަ މާލޭގެ ފަސް ސަރަހައްދެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށާއި، ކުރިޔަށް އޮތް ދެ މަސްތެރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަށް އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ..

ބީއެމްއެލް އިން ޑޮލަރު އޭޓީއެމް ތައާރަފްކޮށްފައިވާ އިރު އެކުންފުނިން މިދިޔަ މަހު ވަނީ ފައިސާ ޖަމާކުރާ އޭޓީއެމްތަކެއް ތައާރަފްކޮށްފަ އެވެ. އެ އޭޓީއެމްތައް ބަހައްޓާފައި ވަނީ ބީއެމްއެލް މެއިން ބްރާންޗާއި ލައިޓް އާއި ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައ އެވެ. ފައިސާ ނެގުމާއި ފައިސާ އަދި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ އޭޓީއެމްތަކުން 24 ގަޑިއިރު ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް