އުތުރު ކޮރެއާގައި އުފަންވާ ކުދިންނަށް ކިމް ޖޮން އުން ކިޔުން މަނާ ކޮށްފި

އުތުރު ކޮރެއާގައި ކުރިއަށް އޮތް ތާނގައި އުފަންވާ ކުދިންނަށް "ކިމް ޖުން އުން" ކިޔުން އެގައުމުގެ ރައީސް ކިމް ޖޮން އުން މަނާ ކޮށްފައިވާކަމަށް ދެކުނު ކޮރެއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޔޮންހަޕް ނިއުސް އޭ...

04 Dec 2014 | 05:45

އުތުރު ކޮރެއާގައި ކުރިއަށް އޮތް ތާނގައި އުފަންވާ ކުދިންނަށް "ކިމް ޖުން އުން" ކިޔުން އެގައުމުގެ ރައީސް ކިމް ޖޮން އުން މަނާ ކޮށްފައިވާކަމަށް ދެކުނު ކޮރެއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޔޮންހަޕް ނިއުސް އޭޖެންސީން ބުނެފި އެވެ.

ދެކުނު ކޮރެއާގެ މީޑިއާ ބުނާގޮތުން އެގައުމުގައި މިހާރު ތިބި ކިމް ޖޮން އުން ކިޔާ މީހުން ހޯދާ އެ ފަރާތްތަކުގެ ނަން ބަދަލު ކުރުމަށްވެސް އުތުރު ކޮރެއާގެ ރައީސް ވަނީ އަންގާފަ އެވެ. އުތުރު ކޮރެއާގެ ރައީސްގެ މި ނިންމުމަކީ އެމަނިކުފާނުގެ ހައިބަތު ދެމެހެއްޓުމަށް ނިންމެވި ނިންމެވުމެއް ކަމަށްވެސް ދެކުނު ކޮރެއާގެ މީޑިއާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ރައީސް ކަމުގައި ކުރިން ހުރި ކިމް ޖޮން އިލް ވެސް ވަނީ 2011 ވަނަ އަހަރު މިފަދަ ފިޔަވަޅެއް އަޅާފަ އެވެ. އެފަހަރު ކިމް ޖޮން އިލް އިއުލާނު ކުރެއްވީ އެ ނަން ކިޔާ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ނަން ބަދަލު ކުރަން އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް