ރައީސް ޔާމީންގެ ދަރިކަލުން ޒައިން ޔާމީން އޭ ކިޔައިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒްގެ ނަމުގައި ފޮނުވަމުން އަންނަނީ ފޭކް އެސްއެމްއެސްއެއް ކަމަށް މުއާޒް ވިދާޅުވެއްޖެ އެވެ.
ވަކިވަކި ނޫސްވެރިންނަށާއި، ނޫސް އިދާރާތަކަށް ތަރުޖަމާނުގެ ނަމުގައި މިއަދު ފޮނުވާފައިވާ މެޖެސްގައި ބުނެފައިވަނީ "ރައީސް ޔާމީން ފުރާވަޑައިގަތީ އެމަނިކުފާނުގެ ދޮށީ ދަރިފުޅު ޒައިން ޔާމީންގެ މަސްތުވާތަކެތީގެ އެޑިކްޝަންއަށް ފަރުވާ ހޯދުމަށް މެލޭޝިއާގެ ރިހެބަކަށް ލާން" ކަމަށެވެ.
މިކަން ކުށްވެރިކޮށް ތަރުޖަމާނު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މެސެޖަކީ މޮބައިލް ފޯނު ނަމްބަރާއި ނަން ބޭނުންކޯށްގެން އެސްއެމްއެސް ޒަރީއާއިން ފޮނުވަމުންދާ ދޮގު މައުލޫމާތުތަކެއް ކަމުގައިވާތީ، މި ދަށުދަރަޖައިގެ ނާތަހުޒީބު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މި މައްސަލަ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ރައީސް އޮފީހުގެ ފަރާތުން ކުރަމުން އަންނަ ކަމަށްވެސް ތަރުޖަމާނުގެ ނޫސް ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް