ގިރާވަރުފަޅުން 115 ހެކްޓަަރުގެ ބިން ހިއްކައިފި

04 Nov 2026 | 18:52
ގިރާވަރު ފަޅު ހިއްކަނީ -- ފޮޓޯ: އެމްއޭސީއެލް

ގިރާވަރު ފަޅު ހިއްކަނީ -- ފޮޓޯ: އެމްއޭސީއެލް

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ. 

ގިރާވަޅުފަޅުން ހިއްކަނީ ޖުމްލަ 167.15 ހެކްޓަރެވެ. އެމްއޭސީއެލްއާ ހިއްކަން ހަވާލު ކުރީ 97.15 ހެކްޓަރެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އެ ފަޅުން ހިއްކަން އޮތް 167 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން ހިއްކާ ނިމިފަވާ ކަމަށެވެ. ޢަދި އެ މަސައްކަތުގެ ޖުމްލަ 68 ޕަސެންޓް ނިންމާފައިވާ ކަަމަށެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްއޭސީއެލުން ބޭނުންކުރަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރެންޖް ޑްރެޖަރެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ބިން ހިއްކުމުގެ އެ މަޝްރޫއުގައި ކުއީން އޮފް ނެދަލޭންޑުން ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ.

ސަރުކާރުން ކުރިން އަމާޒު ހިފާފައިވަނީ މިއަހަރުގެ މެދު ތެރޭގައި ގިރާވަރުފަޅު ހިއްކާ ނިންމައި، އެތަނުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލު ކުރުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް