އެމެރިކާގެ ސެނެޓަށް ހޮވުނު ފުރަތަމަ މުސްލިމަކަށް މިސްރު ދަރިކޮޅުގެ އަބްދުލް އަލް ސައްޔިދު

04 Nov 2026 | 11:31
އެމެރިކާގެ ސެނެޓަށް ހޮވުނު ފުރަތަމަ މުސްލިމަކަށް މިސްރު ދަރިކޮޅުގެ އަބްދުލް އަލް ސައްޔިދު

މިޝިގަންގެ ސެނެޓް ގޮނޑި ކާމިޔާބުކޮށް، އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރަކަށް ޑިމޮކްރެޓިކް ޕާޓީގެ ޢަބްދުލް އެލް ސައްޔިދު ވެއްޖެއެވެ.

ޓްރަމްޕް ތާއީދުކުރި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކޮށް އެލް ސައްޔިދު މި ގޮނޑި ހޯދީ، އޭނާއާ ދެކޮޅަށް ކުރި ޓެރަރިޒަމް ގެ ތުހުމަތުތަކާއި ދެކޮޅަށް މަސައްކަތް ކޮށްގެންނެވެ. ރޮޖާސް ވަނީ އެލް ސައްޔިދަކީ ކޮމިއުނިސްޓެއް ކަމަށް ސިފަކޮށް، އޭނާގެ އިޒްރޭލާ ދެކޮޅު މައުޤިފާއި ދީނީ ޢަޤީދާއަށް ވެސް ފާޑު ކިޔައިފައެވެ.

މިޞްރު ދެމަފިރިއެއްގެ ދަރިއެއް ކަމުގައިވާ، ޢުމުރުން 42 އަހަރުގެ އެލް ސައްޔިދަކީ ކުރީން ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޓަރެއް ކަމުގައިވާއިރު، އޭނާ ކެމްޕެއިން ބިނާކުރީ އެންމެންނަށް ހެލްތު ކެއާ ފޯރުކޮށްދިނުމާއި ބިލިއަނަރުންގެ މައްޗަށް ވެލްތު ޓެކްސް ނެގުން ފަދަ ސިޔާސަތުތަކުގެ މައްޗަށެވެ. ކެމްޕެއިނުގައި އޭނާ ވަނީ ޣައްޒާގައި އިސްތިއުމާރީ އިޒްރޭލުގެ ޢަމަލުތައް ގަތުލުޢާންމެއް ކަމަށް ސިފަކޮށް، އެ ޤައުމަށް އެމެރިކާ ދޭ އެހީ ހުއްޓައިލުމަށް ގޮވާލައިފައެވެ. މި މައްސަލައިގެ ބަހުސް އިތުރަށް ހޫނުވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމެރީގައި ވާދަކުރި ހެއިލީ ސްޓީވެންސް — އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރާ ކެންޑިޑޭޓެއް — އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރީން ރިޕަބްލިކަން ކެންޑިޑޭޓް ރޮޖާސްއަށް ތާއީދުކުރުމުންނެވެ. ސްޓީވެންސްގެ ޕްރައިމެރީ ކެމްޕެއިނަށް އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އެއިޕެކް) ގެ އެތައް މިލިއަން ޑޮލަރެއް ލިބިފައިވެއެވެ.

ސްޓީވެންސް ރޮޖާސްއަށް ތާއީދުކުރި ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑާޝިޕުން ސިފަކުރީ "ލަދުވެތި ޚިޔާނާތެއް" ގެ ގޮތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ސްޓީވެންސްގެ ސްޓާފުން ވެސް ވަނީ އެކީ އިސްތިޢުފާ ދީފައެވެ. އެލް ސައްޔިދު ނޫސްވެރިންނަށް ބުނީ "ހެއިލީ ސްޓީވެންސާ ދޭތެރޭ ވިސްނައި ނޫޅޭ" ކަމަށާއި "މީގައި އެއްވެސް މާނައެއް ނެތް" ކަމަށެވެ.

ބުދަ ދުވަހުގެ ފަތިހު ސަޕޯޓަރުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން އެލް ސައްޔިދު ބުނީ މި ކާމިޔާބީއަކީ އެ މީހުންގެ ކާމިޔާބީއެއް ކަމަށެވެ. "އެންމެ ނާދިރު ކެންޑިޑޭޓް" ގެ ފުރުޞަތު ނެގީތީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، އެލް ސައްޔިދު ބުނީ އޭނާއާ ދެކޮޅަށް ހިންގި ކެމްޕެއިނަކީ އެ މީހުންގެ ޙަޔާތުގައި ފެނުނު އެންމެ ހަޑި ކެމްޕެއިން ކަމަށެވެ.

ޢަރަބި ދަރިކޮޅުގެ މުސްލިމް އެމެރިކާ ރައްޔިތެއް ކަމުގައިވާ ރައުލާ ޢައްލޫޝް ބީބީސީއަށް ބުނީ "ޢަބްދުލް އާ ދޭތެރޭ ފަޚުރުވެރިވަން. އޭނާ ހިންގި ކެމްޕެއިނާ ދޭތެރޭ، ލިބުނު ހުރިހާ ނަފްރަތާއި އިސްލާމޯޯ-- ނަފްރަތާ ކެތްތެރިވީ އާއިލާއާ ދޭތެރޭ" ކަމަށެވެ. އެހެން މުސްލިމް އަންހެނަކު ބީބީސީއަށް ބުނީ "އޭނާގެ ސަބަބުން ބޮލު ހިއްލައިގެން ހިނގާލެވޭ. ވޮޝިންގޓަންގައި ހަމަ ޙަޤީޤަތުގައި ވެސް އަހަރެމެންގެ ޙައްޤުގައި އެ މީހަކު ހިސާބު ޖަހައިދޭނެ ކަން އެނގޭ" ކަމަށެވެ.

މި ރޭހުގައި ކެމްޕެއިން ކުރީ ސެނެޓަރ ބާނީ ސެންޑާސް އަދި ކޮންގްރެސްވުމެން އެލެކްޒެންޑްރިއާ އޮކާސިއޯ ކޯޓެޒް ފަދަ ޑިމޮކްރެޓިކް ޕާޓީގެ ވާތު ފިޔައިގެ ލީޑަރުންނާ އެކުގައެވެ. ރިޓަޔާ ކުރައްވާ ޑިމޮކްރެޓް ގެރީ ޕީޓާސް ފުރުއްވި މި ގޮނޑި ނެގުމުގެ ރޭހަކީ މެދުރިންގެ އިންތިޚާބުގެ އެންމެ ވާދަވެރި ރޭސްތަކުގެ ތެރޭގައި ހިމެނޭ ރޭހެއް ކަމުގައި ތަޙުލީލީ ފަރާތްތައް ބުނެފައިވެއެވެ. އެލް ސައްޔިދުގެ ކާމިޔާބީގެ ސަބަބުން ޑިމޮކްރެޓުންގެ ސެނެޓް ކޮންޓްރޯލް އިތުރަށް ވަރުގަދަވީ، ރިޕަބްލިކަނުން ބާރު ގަދަ ސަރަޙައްދުތަކުން ވެސް ޑިމޮކްރެޓިކް ކާމިޔާބީތަކެއް ލިބިފައިވާ ބުރެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް