އެމެރިކާގެ ރައީސް މީގެ ކުރިން ގަތަރަށް ކުރި ދަތުރުގެ ތެރެއިން --
ޤަޠަރުގެ ސުލްޙަވެރިން އީރާނަށް ހުށަހެޅި ޑްރާފްޓް އެމްއޯޔޫއެއް އެމެރިކާއިން ބަލައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޤަޠަރުގެ އަލްޢަރަބީ އަލްޖަދީދު ނޫހުގައި މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާ އާއި ޔޫއޭއީ އަށް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެ ދެ ޤައުމުން ވެސް މި އެއްބަސްވުމަށް ރުހުން ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުންނާއި ހިފެހެއްޓިފައިވާ އީރާނުގެ މާލީ ރައުސްމާލާ ގުޅޭ ގޮތުން ވޮޝިންގޓަނާއި ތެހެރާނުން ދޫތަކެއް ދީފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އެގޮތުން މި އެއްބަސްވުމަށް އަމަލު ކުރުމުގެ ގޮތުން ތެހެރާނުން އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ދޫދިނުމެއް އިޢުލާނުކުރާނެ ކަމަށާއި ވޮޝިންގޓަނުން އީރާނުގެ ހިފެހެއްޓިފައިވާ މާލީ ރައުސްމާލުގެ ބައެއް ދޫކުރާކަން އިޢުލާނު ކުރާނެ އެވެ. ދެ ފަރާތުން ވެސް މި ކަން އިޢުލާނުކުރާނީ އެއް ވަގުތެއްގައި ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި އެއްބަސްވުން ދެ ފަރާތުން އެއް ވަގުތެއްގައި އިޢުލާނުކުރާނެ ގޮތާއި، ފުރަތަމަ ފިޔަވަޅުތަކާއި، އައު މަޝްވަރާތަކަށް މަގުފަހިވާނެ ވަގުތީ އެއްބަސްވުމެއް އިޢުލާނުކުރުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްތިޢުމާރީ އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އުފެދިފައި އޮތެވެ. ތެހެރާނުން ރައްދުގައި އިޒްރޭލާއި ސަރަޙައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދީފައިވާ އިރު، އެޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެ ފަހުން ހެދިފައިވެއެވެ. ޖޫން 18 ވަނަ ދުވަހު ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަމާ ގުޅޭ އެމްއޯޔޫއެއްގައި ދެ ޤައުމުން ސޮއިކޮށްފައިވީ ނަމަވެސް، ކަނޑުއޮޅީގެ ސަލާމަތާ ގުޅޭ ޚިޔާލު ތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ތަންފީޒުކުރުން ވަނީ ހުއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް