ފެންވަރު ރަނގަޅު، ތަފާތު ޑިޒައިންތަކުގެ ބެޑްޝީޓް ހެޔޮ އަގުގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަން ލިބޭ ގޮތަށް "ދުއްރަ" ބްރޭންޑުން ހުޅުވާލައިފިއެވެ.
ދުއްރައިން ވިއްކާ ބެޑްޝީޓްތަކަކީ އޮމާން، މަޑު އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރުގެ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. ތަފާތު ކުލަތަކާއި ޒަމާނީ ޑިޒައިންތައް ހިމެނޭ ފުޅާ ސެލެކްޝަނެއް އެ ބްރޭންޑުން ލިބެން އެބަހުއްޓެވެ.
އަމިއްލަ ގޭތެރެ ޒީނަތްތެރިކުރުމަށާއި، ގެސްޓްހައުސްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ވިޔަފާރީގެ ގޮތުގައި ވިއްކުމަށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ދުއްރައިން ޚިދުމަތް ދެއެވެ. ފެންވަރަށް އެއްވެސް އުނިކަމެއް ނުގެނެސް، އެންމެންގެ އަތްފޯރާ ފަށަށް އަރާމު ބެޑްޝީޓް ގެނެސްދިނުމަކީ ދުއްރައިގެ އެންމެ ބޮޑު އަމާޒު ކަމަށް އެ ބްރޭންޑުން ބުނެއެވެ.
އަގުހެޔޮކަމާއި ތަފާތު ޑިޒައިންތަކުގެ އިތުރުން، ދުއްރައިގެ މުވައްޒަފުންގެ ފަރާތުން ލިބޭ އެކުވެރި އަދި އަވަސް ޚިދުމަތަކީ ވެސް އެ ބްރޭންޑް ޢާންމު ފަރުދުންނާއި ވިޔަފާރިތަކުގެ މެދުގައި މަޤުބޫލުވާ ސަބަބެއް ކަމަށް ދުއްރައިން ބުނެއެވެ. އޯޑަރުކުރުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް ދުއްރައިގެ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ފޯނު ނަންބަރު 7437338 960+ މެދުވެރިކޮށް ގުޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް