ރިވެލި ރެސްޓޯރެންޓުގެ ވިޔަފާރި ހުއްޓާލުމަށް އެޗްޑީސީން އެންގި އެންގުން ކޯޓުން ހުއްޓުވައިފި

04 Nov 2026 | 05:06
ރިވެލި ރެސްޓޯރެންޓު --

ރިވެލި ރެސްޓޯރެންޓު --

ކުލީގެ މައްސަލައިގައި އެޗްޑީސީން ހުޅުމާލޭ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ހުސްކުރުމަށް ފެށި މަސައްކަތް ހުއްޓައި، އެ ތަނުގެ ވިޔަފާރިއަށް ހުރަސް އެޅޭ އެއްވެސް ޢަމަލެއް ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ރިވެލި ރެސްޓޯރެންޓް ހިންގާ ބިމާ ގުޅޭ ގޮތުން އެޗްޑީސީއާއި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދި އެއްބަސްވުން ނިމުމަކަށް ގެނެސް، ބިން އަނބުރާ އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންދިޔަކަން މިދިޔަ ހޯމަ ދުވަހު ހާމަ ކުރި އެވެ. އަދި އެ ބިމުގައި ހިންގާ ރިވެލި ރެސްޓޯރެންޓުގެ ވިޔަފާރި ހުއްޓާލަން އެޗްޑީސީން އެންގި އެވެ.

މި މައްސަލައިގަ ސޮލާރިސް ކުންފުނިން ވަނީ އެ ނިންމުމާ ދެކޮޅު ހަދައި ސިވިލް ކޯޓަށް މައްސަލަ ވައްދައިފައެވެ. ކޯޓުގައި އެ ކުންފުނިން އެދުނީ އެޗްޑީސީގެ ނިންމުން ބާޠިލުކޮށްދިނުމަށާއި ތަން ހުސްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ތަން ހުސްކޮށް ވިޔަފާރި ހުއްޓުވައިފި ނަމަ ސޮލާރިސްއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެހެންވެ، ރެސްޓޯރެންޓް ހިންގުމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށާއި،

މި އަމުރު ނެރުނީ އެޗްޑީސީގެ ޣައިރު ހާޒިރުގައި އެވެ. މި އަމުރާ ގުޅިގެން ވަގުތީ ގޮތުން މެދުކެނޑުނު ޚިދުމަތް ރިވެލި ރެސްޓޯރެންޓުން ވަނީ އަލުން ފަށައިފައެވެ.

މި މައްސަލައިގައި އެޗްޑީސީގެ އިސް އޮފިޝަލަކު މީޑީއާގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ހިންގާ އެ ރެސްޓޯރެންޓް ހިންގާ ކުންފުނިން ކުލީގެ ގޮތުގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ނުދައްކައި އެބައޮތް ކަމަށެވެ. އެއާ އެކު، އެއްބަސްވުމުގައި ހިމެނޭ އިޖުތިމާޢީ ޒިންމާގެ ރޯލު ވެސް އެ ކުންފުނިން އަދާކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުން ބާޠިލުކުރީ ހުރިހާ ނޯޓިސްތަކެއް ދީ، ގިނަ ފުރުޞަތުތަކެއް ދިނުމަށްފަހު، އެއްބަސްވުމުގެ އިޖުރާއާތާ އެއްގޮތަށް ކަމަށެވެ.

ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކާއި ފްލެޓްތަކުގެ ކުލި ގަވާއިދުން ނުދެއްކުމުގެ ޝަކުވާ އެޗްޑީސީއަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް