ހިނގާއިރު ނޭވާ ކުރުވުން: ފުއްޕާމޭގެ ސީރިއަސް މައްސަލައެއްގެ އިންޒާރެއް

04 Nov 2026 | 05:14
ހިނގާއިރު ނޭވާ ކުރުވުމަކީ ފުއްޕާމޭގެ ސީރިއަސް މައްސަލައެއްގެ އިންޒާރަކަށް ވެދާނެ ކަމަށް ބުނޭ --

ހިނގާއިރު ނޭވާ ކުރުވުމަކީ ފުއްޕާމޭގެ ސީރިއަސް މައްސަލައެއްގެ އިންޒާރަކަށް ވެދާނެ ކަމަށް ބުނޭ --

ހަ މިނެޓު ވަންދެން ހިނގައިގެން ފުއްޕާމޭގެ ދުޅަހެޔޮކަން ވަޒަންކުރެވޭ ޓެސްޓެއް ކުރެވޭ ކަމަށާއި، ހިނގާއިރު ނޭވާ ކުރުވާނަމަ އެކަން ބޮޑު ކަމެއް ކަމަށް ހީނުކޮށް ދޫކޮށްނުލުމަށް ޑޮކްޓަރުން އިލްތިމާސްކޮށްފިއެވެ.

ބާޒާރަށް ހިނގައިލުން، ސިޑިން އެރުން، ނުވަތަ ކުޑަކޮށް ހިނގާލުން ފަދަ ކަންކަމަކީ ގިނަ ބަޔަކު އެއްވެސް ވިސްނުމަކާ ނުލައި ކުރާ ކަންކަމެވެ. އެހެންނަމަވެސް، ކުރިން ފަސޭހައިން ހިނގުނު ރާސްތާއެއް ކަޑައްތުކުރާއިރު ކުއްލިއަކަށް ނޭވާލާން އުނދަގޫވާ ނަމަ، ނުވަތަ ހިނގާ ބާރުމިން ކުރިއަށްވުރެ ދެރަވާ ނަމަ، ފުއްޕާމެއާއި ހިތުގެ ސިއްހީ މައްސަލައެއްގެ ނިޝާނެއް ކަމުގައި ވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

އައިއެސްއައިސީ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގެ ޕަލްމޮނަރީ މެޑިސިންގެ ސީނިއާ ކޮންސަލްޓެންޓް ޑރ. ރާޖް ކުމާރު ފާހަގަކުރެއްވި ގޮތުގައި، ކްލިނިކަލް މާހައުލުގައި ބޭނުންކުރާ ސިކްސް މިނެޓް ވޯކް ޓެސްޓް (6އެމްޑަބްލިއުޓީ) ގެ ޒަރީއާއިން، ބުރަ ކަސްރަތެއް ކުރުމަކާ ނުލައި ފުއްޕާމެއާއި ހިތުގެ ހާލު ދެނެގަނެވެއެވެ. މި ޓެސްޓުގައި ކުރާ ކަމަކީ އެއް ބާރުމިނެއްގައި ހަ މިނެޓު ވަންދެން އެތެރޭ ހޯލެއްގައި ހިނގުމެވެ.

ބަލާނީ އެ ވަގުތުކޮޅު ތެރޭ ކަޑަތުކުރެވޭ ރާސްތާ އެކަންޏެއް ނޫނެވެ. ޓެސްޓް ފެށުމުގެ ކުރިން ލޭގައި އޮކްސިޖަން ހުންނަ މިންވަރާއި ހިތުގެ ވިންދާއި ނޭވާ ކުރުވެފައި ހުރި މިންވަރު ރެކޯޑު ކުރާށެވެ. ޓެސްޓް ނިމުމުން އެ ހުރިހާ ކަމެއް އަލުން ބަލާށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އާންމުކޮށް ފުއްޕާމެއާ ދޭތެރޭ ވިސްނައިލެވެނީ، ހިނގާއިރު ނުވަތަ ސިޑިން އަރާއިރު ނޭވާ ކުރުވާން ފެށީމައެވެ، ހަ މިނެޓެއްހައި އިރު ހިނގައިލައިގެން ނޭވާ ކުރުވާ ނަމަ، ހެލިފެލިވެ އުޅޭއިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފުއްޕާމެއަށް އޮކްސިޖަން ފޯރުކޮށްނުދެވޭ ކަމުގެ ނިޝާނެއް ކަމަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ހިނގައިލެވޭ ރާސްތާ ކުރުވި ނަމަވެސް ލޭގެ އޮކްސިޖަން ލެވެލް ހިފެހެއްޓޭ ނަމަ ސިއްހީ މަންޒަރު ތަފާތެވެ. ނަމަވެސް ދުރު ހިނގުނު ކަމުގައި ވިޔަސް ނޭވާ ކުރުވެ، އޮކްސިޖަން ވެއްޓޭ ނަމަ ވެސް ހާލަތު ވަކި އާދައިގެ ކަމަށް ބެލުން ރަނގަޅު ނޫން ކަމުގައި ޑރ. ކުމާރު ފާހަގަކުރެއްވިއެވެ. މި ޓެސްޓުގެ ނަތީޖާ ބިނާވަނީ އުމުރާއި ބަރުދަނާއި ދިގުމިނާއި ކުރީން ހުރި ބަލިތައް ފަދަ ކަންކަމުގެ މައްޗަށެވެ.

އެހެންކަމުން އެކެއްގެ ނަތީޖާ އަނެކެއްގެ ނަތީޖާއާ އަޅައިކިޔުމުން ރަނގަޅު ތަސައްވުރެއް ނުލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ޓެސްޓަކީ ފުއްޕާމޭގެ ބައްޔެއް ވާކަން ކަނޑައެޅެން އޮތް އެކަނި ވަސީލަތެއް ނޫނެވެ. ނަތީޖާ ދައްކާ ގޮތަކުން ޑޮކްޓަރުން ފުއްޕާމޭގެ ފަންކްޝަން ޓެސްޓާއި، މޭގެ އިމޭޖިން ނުވަތަ ހިތާ ގުޅޭ ތަހުލީލުތައް ވެސް ހެދުމަށް ލަފާ ދީފާނެއެވެ.

ޑރ. ކުމާރު ވިދާޅުވީ ތިން ކަމަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށެވެ. ފުރަތަމަ ކަމަކީ، ކުރިން ހިނގެމުން އައި ރާސްތާއެއް ކަޑައްތުކުރާއިރު ކުރިން ނުވާ ވަރަށް ނޭވާ ކުރުވާ ނަމަ ޑޮކްޓަރެއް ދެއްކުމެވެ. ދެވަނަ ކަމަކީ ނޭވާ ކުރުވުމާ އެކީ ބޮލު އެނބުރުން ނުވަތަ މޭގައި ރިއްސުން ފަދަ އިތުރު އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރުމެވެ. ތިންވަނައީ، ހަ މިނެޓުގެ ޓެސްޓް ގޭގައި އަމިއްލައަށް ހެދުމުގެ ބަދަލުގައި ސިއްހީ ހިދުމަތްތެރިންގެ ބެލުމުގެ ދަށުން ހެދުމެވެ.

ހިނގައިލާއިރު ނޭވާއަށް އަންނަ ބަދަލު ދެނެގަނެ ޑޮކްޓަރެއްގެ ލަފާ ހޯދައިފި ނަމަ، ފޮރުވިފައި އޮތް ސިއްހީ މައްސަލައެއް ވީ އެންމެ އަވަހަކަށް ދެނެގަނެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް