ޓްރަމްޕަށް އިންޒާރުދޭ ބިޔަ ބިލްބޯޑެއް ތެހެރާންގައި ބަހައްޓައިފި

04 Nov 2026 | 02:31
ޓްރަމްޕަށް އިންޒާރުދޭ ބިޔަ ބިލްބޯޑެއް ތެހެރާންގައި ބަހައްޓައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުގެ އިންޒާރުދީ މެސެޖު ހިމެނޭ ބޮޑު ބިލްބޯޑެއް އިރާނުގައި ބަހައްޓައިފި ޢެވެ.

އެ ބިލް ބޯޑު ބަހައްޓާފައި ވަނީ އީރާނުގެ ވެރިރަށް ތެހެރާންގެ މެދުގައި އޮންނަ އެންޤެލާބް މައިދާނުގައި އެވެ.

"ޓްރަމްޕް މަރާލާނަން" މިހެން ލިޔެފައިވާ މި ބިލްބޯޑުގައި ދައްކައިދެނީ ޖަލު ތޭރިތަކެއްގެ ފަހަތުގައި ބޯ ތިރިކޮށްލައިގެން ހުންނަ ޓްރަމްޕުގެ ތަސްވީރެކެވެ. މި ބޯޑަކީ ސީދާ އިރާން ސަރުކާރުން ޖަހާފައިވާ ނުވަތަ ޙަރަދުކޮށްގެން ހަރުކޮށްފައިވާ އެއްޗެއް ކަމެއް ނޭނގެ އެވެ.

ތެހެރާންގެ ޢާންމު މައިދާންތަކާއި ބޮޑެތި ހަތަރު އަނގޮޅިތަކަކީ ޒަމާނުއްސުރެ އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލާ ދެކޮޅު ސިޔާސީ ކުރެހުންތަކާއި، ބެނާތަކާއި، ދައުލަތުން ހިންގާ މެސެޖުތައް ދެއްކުމަށް ބޭނުންކުރާ ތަންތަނެވެ.

އާންމުކޮށް ހުންނަ ބިލް ބޯޑުތަކުގައި އިންޒާރު ދިނަސް ސިފަ އެއްކޮށް ފެންނަ ފޮޓޯ ޖަހާފައި ވަރަށް ނުހުރެ އެވެ.

މި ބިލްބޯޑު ފެންމަތިވީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހޫނު ސިޔާސީ ބަހުގެ ޙަމަލާތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ދެ ފަރާތުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ޖިއޮޕޮލިޓިކަލް ކުރިމަތިލުމާއި އަސްކަރީ ބާރު ދެއްކުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދެމިއޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް