ޑޮމޮކްރެޓްސްއިން އިންތިހާބު ކާމިޔާބު ކޮށްފި ނަމަ 'މިސްޓާ ވީޓޯ' އަށް ވާނެ ކަމަށް ޓްރަމްޕް ބުނެފި

04 Nov 2026 | 04:37
ޑޮނަލްޑް ޓްރަމްޕް --

ޑޮނަލްޑް ޓްރަމްޕް --

އެމެރިކާގެ މެދު އިންތިޚާބުގެ ވޯޓުލުން ނިމެން ކައިރިވެފައި ވަނިކޮށް، ޑިމޮކްރެޓުން ކޮންގްރެސްގެ މެޖޯރިޓީ ހޯދި ނަމަވެސް ވީޓޯގެ ބާރު ބޭނުންކޮށް އެ ޕާޓީގެ ޤާނޫނީ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ސީބީއެސް ނިއުސްއަށް ފޯނުން ދިން ޚާއްޞަ އިންޓަރވިއުއެއްގައި ޓްރަމްޕް ބުނީ "މިސްޓަރ ވީޓޯ"ގެ ނަމަށް މަރުޙަބާ ކިޔާ ކަމަށެވެ. ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުނަސް، ކުރިއަށް އޮތް ދެ އަހަރު ތެރޭ އޭނާގެ ސިޔާސަތުތައް ކުރިއެރުވުމުގެ ޤާބިލުކަން އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ސުޕްރީމް ކޯޓުން މި އަހަރު ކުރީކޮޅު ނިންމި ޓްރަމްޕް ވާސަސް ސްލޯޓާ މައްސަލައިގެ 6-3 ގެ ހުކުމުން ރައީސަށް ފެޑެރަލް އެޖެންސީތަކާއި ބޯޑުތަކާއި ކޮމިޝަންތައް މައްޗަށް ބާރު ލިބިގެންދާ ކަމަށް ޓްރަމްޕް ފާހަގަކުރިއެވެ.

މީގެ ކުރިން ހުށަހެޅި ސްލޯޓާ މައްސަލައެއް ޓްރަމްޕްގެ ރިޕަބްލިކަލް ޕާޓީން ކާމިޔާބު ކޮށްފައިވާތީ ރައީސަށް ކުރިން ނެތް ބާރުތައް ލިބޭކަން އެނގިގެން ގޮސްފައިވާ ކަމަށް ބުންޏެވެ. އެހެން ކަމުން އޭނާ ގަބޫލު ކުރާގޮތުގައި މިނިސްޓާ ވީޓޯއަށް ވެގެން އެމީހުން މަޖިލީހުގެ ތެރެއިން ފާސް ކުރާ ބިލުތައް ވީޓޯގެ ބާރުން ތަސްދީގު ނުކުރުމުން ދެ ތިން މަސް ވާއިރަށް ސަރުކާރާއި އެކު ޑީލް ހަދަން ޑިމޮކްރެޓްސްއަށް މަޖުބޫރު ވާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

އެކި މަސްދަރުތަކާ ހަވާލާދީ ސީބީއެސް ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާތަކުގައި ވައިޓް ހައުސްގައި އެގްޒެކެޓިވް އެކްޝަންތަކާ ބެހޭ މަޝްވަރާތައް ހިނގާފައިވެއެވެ. ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ އާއި އޮފީސް އޮފް މެނޭޖްމެންޓް އެންޑް ބަޖެޓުގެ ޑައިރެކްޓަރު ރަސެލް ވޯޓް އެ މަޝްވަރާތަކުގައި މައިގަނޑު ދައުރެއް އަދާކުރެއެވެ. އެ މަޝްވަރާތަކުގައި އިމިގްރޭޝަނާއި ވިޔަފާރީގެ ދާއިރާ ހިމެނޭ ކަމަށް އެ ފަރާތްތައް ބުނެފައިވެއެވެ.

އިންތިޚާބީ ނަތީޖާއާ ގުޅޭ ގޮތުން ޓްރަމްޕް މާބޮޑު އެއްޗެއް އަދި ނުބުނެ އެވެ. ނަމަވެސް ބުނަމުން ދަނީ ލަދުގަންނަން ޖެހޭ ވަރުގެ ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ކުރީގައި އުޅެނީ ކޮންގްރެސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް