އިކޮނޮކިމް މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

04 Nov 2026 | 04:21
މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މަައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. މައްސަލަ މަޖިލީހަށް ވެއްދީ 13 މެމްބަރުންގެ ސޮޔާއި އެކު އެވެ.

މި މައްސަލަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރާއި ދެކޮޅަށް ހަ ތުހުމަތެއް މައުރޫފު ކުރެއްވި އެވެ. އެންމެ ބޮޑަށް ފާހަގަކުރެއްވީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު މައްޗަށް ދިޔުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަށް ބުނާ ތުހުމަތެވެ.

މީގެ އިތުރުން މަޖިލީހަށް ޖަވާބުދާރީ ނުވެވަޑައިގަތުމާއި، ވިޔަފާރިތައް ރައްކާތެރި ނުކުރެއްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ފަރުވާކުޑަކުރެއްވުން ހިމެނެއެވެ.

މިނިސްޓަރުގެ އިތުބާޜު ނެތްކަމުގެ މައްސަލައިގަ ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ދެ ގަޑިއިރަށެވެ. އެ ދެ ގަޑިއިރުގެ ކުރިން ޖަވާބު ދާރީވުމަށް މިނިސްޓަރު ސައީދަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު އަރުވާފައި ވެ އެވެ.

ސައީދަކީ ވެރިކަން ކުރާ ޕީއެންސީގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. އެހެން ކަމުން މަޖިލީހުގެ ތެރެއިން މި މައްސަލަ ކާމިޔާބު ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް