ލާންސް ކޯޕްރަލް އަބްދުﷲ މުފީދަށް އެވޯޑު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި އެވެ.
މި އައްޑަނަ އެރުވީ މިރޭ ބޭއްވި، މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެވެ. މިއަހަރު އެވޯޑު އެރުވި ފަސް ބޭފުޅުންނަކީ ނޮވެމްބަރު ތިނެއް ހާދިސާ ހިނގި ދުވަހު ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މިއަހަރު ޝަރަފުގެ އައްޑަނަ އެރުވި ބޭފުޅުންނަކީ
ސާރޖަންޓް ފަސްޓް ކްލާސް، ރިޓަޔަރޑް އިބްރާހިމް ޝަރީފް (ސިފަިއންގޭގައި ޚިދުމަތްކުރެއްވީ 4 ނޮވެމްބަރ 1981އިން 4 ޖެނުއަރީ 2012އަށް)
ސްޓާފް ސާރޖަންޓް ރިޓަޔަރޑް، ޙުސައިން ޢަލީ (ސިފައިންގޭގައި ހިދުމަތް ކުރެއްވީ 12 ނޮވެމްބަރ 1962އިން ފެށިގެން، 11 ނޮވެމްބަރ 2002އަށް)
ސާރޖަންޓް ޙުސައިން މަނިކު (ސިފައިންގޭގައި ހިދުމަޔް ކުރެއްވީ 18 ޖޫން 1979އިން 23 ނޮވެންބަރު 1998 އަށް)
ކޯޕްރަލް އަބްދުﷲ ނަސީމް (ސިފައިންގޭގައި ހިދުމަތް ކުރެއްވީ 6 ޖުލައި 1976އިން 30 ޑިސެންބަރު 1990އަށް)
ލާންސް ކޯޕްރަލް އަބްދުﷲ މުފީދަށް އެވޯޑު އަރުވަނީ (27ފެބުރުވަރީ 1988އިން 11 ޖަނަވަރީ 1990އަށް)




މީގެއިތުރުން، މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ލަވަ އަލްބަމް ނެރެދެއްވާފައެވެ. އަދި އެ އަލްބަމްގެ ބައެއް ލަވަތައް އެ ރަސްމިއްޔާތުގައި އިއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް