އިރާއި ހަނދަކީ ހިންދޫންގެ އެއްޗެއް ކަމަށް ބީޖޭޕީ ލީޑަރަކު ބުނުމުން އެކަން ބޮޑު ޖޯކަކަށް ވެއްޖެ

04 Nov 2026 | 01:28
ރަމޭޝްވަރް ޝަރްމާ --

ރަމޭޝްވަރް ޝަރްމާ --

އިރާއި ހަނދަކީ ހިންދޫ ދީނުގެ ވަކި ކަލާނގެއެއްގެ އެއްޗެއް ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ މެންބަރަކު ބުނުމުން އެކަން ބޮޑު ޖޯކަކަށް ވެއްޖެ އެވެ.

އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓުގެ ބީޖޭޕީ މެންބަރު ރަމޭޝްވަރް ޝަރްމާ ބުނީ ހަނދު ނިސްބަތްވަނީ އެމީހުންގެ ދީނަށް ކަމަށާއި މުސްލިމުން ޢީދު ފާހަގަ ކުރާއިރު ހިންދޫންގެ ކައިރިން ހުއްދަ ޙޯދަން ޖެހޭނެ ކަމަށެވެ.

ބޯޕާލްގައި ވާހަކަ ދައްކަމުން ޝަރްމާ ބުނީ މުސްލިމުން އީދު ފާހަގަ ކުރާއިރު އެކަލާނގެ ޢަށް ޝުކުރުކޮށް ނަންވެސް ކިޔަން ޖެހޭނެ ކަމަށެވެ. އަދި އީދު ފާހަގަ ނުކުރެވޭނެ ޙާލަތްތައްވެސް އެމީހުންގެ ކަލާނގެ ގެންނަކަމަށް ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން އިންޑިއާގެ މުސްލިމް ލީޑަރު ޢައްބާސް ހަފީޒް ބުނީ ތިން ދައުރު ފުރިހަމަކޮށްފައިވާ މަޖިލީސް މެންބަރެއްގެ ފަރާތުން އެ ފެންވަރުގެ ބަސްތައް ބޭރުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. ޙާފިޒް ބުނީ ހަނދުގެ މައްޗަށް ބާރެއް އޮތް ކަމަށް ދައުވާ ކުރާ ނަމަ ޝަރްމާގެ ނަފްސާނީ ޞިއްޙީ ތަޙުލީލެއް ކުރަން ޖެހޭ ކަމަށެވެ.

ހަފީޒް އިތުރަށް ބުނީ ޢީދު ފާހަގަކުރުމަށް މުސްލިމުން ޝަރްމާއާ ހިންދޫން އަދި ޢެބުނާ ކަލާނގެ ކިބައިން ހުއްދައެއް ހޯދާފައި ނުވާ ކަމަށާއި ދުވަހަކުވެސް އެ ހުއްދަ ހޯދާނެ ކަމެއް ވެސް ނެތް ކަމަށެވެ.

ބީޖޭޕީގެ ބައެއް މެންބަރުން ދީނީ މައުޟޫޢުތަކާ ގުޅުވައި ދައްކާ މިފަދަ ވާހަކަތައް ދޭތެރެ ދޭތެރެއިން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް