އަންނަ އަހަރަށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ގޮތުގައި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ބަޖެޓް ހުށަހަޅަމުން ފިނޭޏްސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު...

04 Nov 2019 | 04:48

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ގޮތުގައި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ބަޖެޓް ހުށަހަޅަމުން ފިނޭޏްސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ވެގެންދާނީ މިސަރުކާރުގެ އެންމެ ގިނަ ވައުދުތައް ފުއްދުމަށް އެންމެ ގިނަ އަމަލީ މަސައްކަތް ފެށޭނެ އަހަރަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5 ބިލިއަން ކަމުގައެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ޑެފިސިޓްގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަ އެވެ. އަންނަ އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާ އެވެ.

ދައުލަތުން އެންމެ ބޮޑު ޚަރަދެއް ހިނގާނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫއުތަކަށް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރިކަރަންޓް ޚަރަދުތަކަށް 22.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ބަޖެޓަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް