އެމްޓީސީސީން މާލެއާއި ހުޅުމާލެ އަދި މާލެ އާއި ހުޅުލެއާއި ދެމެދު ދެމުންގެންދާ ދަތުރުފަތުރުގެ ތިން ޚިދުމަތެއް ހުއްޓާލުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީން ބުނެފައިވަނީ މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ޚިދުމަތާއި، މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޚިދުމަތް ހޯމަ ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށާއި މީގެއިތުރުން މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޚިދުމަތްވެސް ހޯމަ ދުވަހުގެ ރެއިން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.
އާންމު ފެރީގެ ޚިދުމަތާއި އެކްސްޕްރެސް ލޯންޗްގެ ޚިދުމަތް ހުއްޓާލި ނަމަވެސް، މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުންގެންދާ ޕްރީމިއަމް ފެރީގެ ޚިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދާނެކަމުގައިވެސް އެމްޓިސީސީން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތްތައްވެސް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް