ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެކު އިތުރަށް ސިޔާސީ މަސައްކަތް ކުރުމަށް ދަތިވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވާއިރު ޝައިޚް އިމްރާންގެ އެ ބަސްފުޅަށް ޑރ. ޝަހީމް ރައްދު ދެއްވައިފިއެވެ.
ޑރ. ޝަހީމް ރައްދު ދެއްވާފައިވަނީ އަލްމަހުރޫމް އަބުދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ)ގެ ލަވައެއްގެ ބައިތަކުންނެވެ.
"އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން، އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" ޑރ. ޝަހީމް އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޑރ. ޝަހީމްއާއި އެކު ދެން ސިޔާސީ މަސައްކަތް ކުރުމަށް ދަތިވާނެކަމަށާއި، އެމަނިކުފާނު ގަބޫލުކުރާ ގޮތްތައް ދޫކޮށްލުމަށްފަހު ޑީލެއް ނަހައްދަވާނެކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ވޭތުކުރެއްވި ތިން އަހަރަކީ މުޅި ހަޔާތުގަވެސް އެފަދައިން ވޭތުކުރައްވާފައި ނުވާ ތިން އަހަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް