500 ލިޔަންވީ ރަނގަޅު ގޮތަކީ ފަސް ސަތޭކަ: ބަހުގެ އެކަޑެމީ

500 ލިޔާއިރު ލިޔަންވާނީ "ފަސް ސަތޭކަ" ކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުނެފި އެވެ. ބަހުގެ އެކަޑެމީން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ބަހުން 500 ލ...

04 Nov 2015 | 18:49

500 ލިޔާއިރު ލިޔަންވާނީ "ފަސް ސަތޭކަ" ކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުނެފި އެވެ.

ބަހުގެ އެކަޑެމީން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ބަހުން 500 ލިޔަންޖެހޭނީ "ފަސް ސަތޭކަ" ކަމަށާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 1991 ވަނަ ނެރުނު ދިވެހި ބަސް ފޮތުގައި "ފައްސަތޭކަ" ލިޔެފައި އޮތަސް އެއީ ބަހުގެ ހަމައެއް ނޫން ކަމަށެވެ.

ބަހުގެ އެކަޑެމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 1993 ވަނަ އަހަރު ޝާއިއުކުރި ބަހުގެ އަތްމަތީ ފޮތުގައި "ސ. ސުކުން" ސުރުހީގެ ދަށުން 500 ތާނަ އިން ލިޔާނީ "ފަސް ސަތޭކަ" ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ. އަދި 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޝާއިއުކުރި ދިވެހި ބަސްފޮތުގައި ވެސް ލިޔެފައިވާނީ "ފަސް ސަތޭކަ" ކަމަށް އެކަޑެމީގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.

އަދި ދިވެހި ބަހުން މުއާމަލާތުކުރާ އިރު މިހާތަނަށް ޝާއިއުކޮށްފައިވާ ބަހުގެ ހަމަތަކާއި ގަވާއިދު އަދި އުސޫލުތަކަށް އިހުތިރާމް ކުރުމަށް ދަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އަލަށް ނެރުނު 500 ނޫޓުގައި ދިވެހިން އަދަދު ލިޔެފައިވާ ގޮތުގެ ހޫނު ބަހުސެއް ކުރިއަށްދާއިރު އެމްއެމްއޭއިން ބުނެފައިވަނީ އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މްއެމްއޭ އިން ބުނަނީ "ފައްސަތޭކަ" ލިޔެފައި ވަނީ ކުށަކުން ނޫން ކަމަށާއި އެއީ އެނގިހުރެ ނިންމި ނިންމުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް