ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ފޯނުން، ކުރިން ހޯދާފައިވާ ހަތިޔާރުތަކުގެ ފޮޓޯ ފެނިއްޖެ: ޕޮލިސް

ރިޔާީ ލޯންޗުކޮޅުގައި  ހިނގި ހާދިސާގެ ތަހުގީގުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ފޯނު ބަލައި ފާސްކުރެވުނު އިރު، މީގެ ކުރިން ފެނިފައިވާ ބައެއް ހަތިޔާރުތަކުގެ ފޮޓޯ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ...

04 Nov 2015 | 18:04

ރިޔާީ ލޯންޗުކޮޅުގައި  ހިނގި ހާދިސާގެ ތަހުގީގުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ފޯނު ބަލައި ފާސްކުރެވުނު އިރު، މީގެ ކުރިން ފެނިފައިވާ ބައެއް ހަތިޔާރުތަކުގެ ފޮޓޯ ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެެ.

އިސްކަންދަރު ކޮށީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދެ މީހެއްގެ ފޯނުން ހަތިޔާރުތަކުގެ ފޮޓީ ފެނިފައިވާކަމަށެވެ. އަދި ހިބަޅިދޫ އުރަފަށަށް ފައްތާފައި ހުއްޓާ ފެނުނު ހަތިޔާރުރަކަކީ މިހާރު ހައްޔަރުކޮށްފައިތިބި މީހުންނާ ގުޅޭ އެއްޗެހިތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ނަވާޒް ވިދާޅުވި އެވެ.

ނަމަވެސް ހަތިޔާރުތައް ފެނިފައިވަނީ ކާކުގެ ފޯނުން ކަމެއް ނަވާޒް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް