ކަރާސީނު ތެޔޮ ބުއި އަންހެނަކަށް އައިސީޔޫގައި ފަރުވާދެނީ

މިއަދު މެންދުރުފަހު ކަރާސީނު ތެޔޮ (ސާފުތެޔޮ) ބުއި އަންހެނަކަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެ ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަވާލުވެ ހ...

04 Nov 2015 | 16:52

މިއަދު މެންދުރުފަހު ކަރާސީނު ތެޔޮ (ސާފުތެޔޮ) ބުއި އަންހެނަކަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަވާލުވެ ހުންނެވި އިބްރާހިމް ވަހީދު ވިދާޅުވީ ކަރާސީނުތެޔޮ ބުއި އަންހެނަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދީފައިވާކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް މިހާރުވެސް އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކަރާސީނު ބޮއެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 32 އަހަރުގެ އަންހެނެކެވެ. އަދި އެއީ މީހަކާ އިނދެގެންއުޅޭ އަދި ދަރިންވެސް ތިބި އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް