ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމު، ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފި އެވެ.
ޝަމީމަށް ކޯޓުތަކުގައި ވަކާލާތުކުރުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި މިވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން އަމަލުކުރަންޖެހޭ ގަވާއިދުތައް ބަޔާންކޮށްފައިވާ އެ ކޯޓުގެ ސާކިއުލާގެ ދަށުން ނެރެފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ އޭނާ ޚިލާފުވެފައިވާކަމުގެ މައްސަލައެއް ބަލަމުންދާތީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށް ޖުޑިޝަރީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް