ކޯޓު އަމުރެއްގެ ދަށުން ހއ ބާރަށުން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް އެ އަތޮޅު ކުޅުދުއްފުށީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހާފައިވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހއ ބާރަށު އަހުމަދު ޔާމީން ހައްޔަރުކޮށްފައިވަނީ އޭނާގެ ނަމުގައި ނަގާފައިވާ ނަމްބަރަކުން ރައީސް ޔާމީނަށް އިންޒާރުގެ މެސެޖުތައް ފޮނުވާ މައްސަލައިގަ އެވެ.
އެ މައްސަލައިގާ އަހުމަދު ޔާމީން ހައްޔަރުކޮށްފައިވާއިރު އޭނާއާއި ގުޅުން ހުރި ދެ ގެ އެއްވެސް ފުލުހުން ވަނީ އިއްޔެ ބަލައި ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް