ހަރަކާތްތެރިވީ ލިބުނު މައުލޫމާތަކަށް، ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން: އެމްއެންޑީއެފް

ސްޓެލްކޯ ސަރަހައްދުގައި އޮތް ކާރެއްގައި ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައިވާކަމަށް ބުނެ ލިބުނު މައުލޫމާތަކަށް އެމްއެންޑީއެފުން ހަރަކާތްތެރި ވި ނަމަވެސް ފެނުނީ ބޮމެއް ނޫން ކަމަށް އެމް އެމްޑީއެފުން ހާމަކ...

04 Nov 2015 | 11:42

ސްޓެލްކޯ ސަރަހައްދުގައި އޮތް ކާރެއްގައި ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައިވާކަމަށް ބުނެ ލިބުނު މައުލޫމާތަކަށް އެމްއެންޑީއެފުން ހަރަކާތްތެރި ވި ނަމަވެސް ފެނުނީ ބޮމެއް ނޫން ކަމަށް އެމް އެމްޑީއެފުން ހާމަކޮށްފި އެވެ.

މެންދުރުފަހު 3:30 އިން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ގޮވާޒާތުގެ އެއްޗެއް ކަމަށް ބެލެވުނު އެއްޗެއް އޮތީ ކާރުތެރޭގައި ކޮތަޅަކަށް ލާފައި ކަމަށެވެ. ނަމަވެސް އެއީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަން ކަށަވަރުވެފައިވާކަމަށް އިހުސާނު ވިދާޅުވި އެވެ.

ސްޓެލްކޯ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވެފައިވަނީ އެ ސަރަހައްދު ބަންދު ކުރުމަށް ފަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް