ރާއްޖޭގައި މިއަދު 12:00 އިން ފެށިގެން އެއް މަސް ދުވަހަށް ކުށްލި ހާލަތު އިއުލާނުކޮށްފައިވާއިރު އެ ނިންމުމަށް ޕީޕީއެމުން ތާއީދު ކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ "ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް ޕީޕީއެމުން ތާއީދު ކުރާ" ކަމަށެވެ.
https://twitter.com/maumoonagayoom/status/661823569970769920
“ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަ އާއި މަޝްވަރާ ލިބިފައިވާ ހިނދު މަތީގައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ކުއްލި ހާލަތު އިޢުލާން ކުރުމަށް ނިންމާ މިއަދުގެ މެންދުރު 12:00 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާންކުރުމަށްޓަކައި މި ޤަރާރު އެކަށައަޅައި މިކުއްލި ނުރައްކަލާ ގުޅިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަންނަނިވި މާއްދާތަކުގެ ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް އަދި އެހައްގުތަކާއި ގުޅިގެން ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން އަންނަނިވި ގާނޫނުތަކަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލުމަށް ކަނޑައަޅައިފީމެވެ،” ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް